ޑްރަގްކޯޓަށް ހުށައެޅޭ މައްސަލަތަކުގައި ޝަރުތުތަކާއި އެކު އެކޯޓުން ދޫކޮށްލާފައިވާ ފަރާތްތަށް ޝަރުތާއި ހިލާފްވުމުން އެކޯޓުން ބޭރުކޮށްލެވޭ މައްސަލައެއް ނުވަތަ ބާޠިލުކޮށް ނޭޝަނަލް ޑްރަގް އެޖެންސީއަށް އަނބުރާ ފޮނުވާލެވޭ މައްސަލައެއް ދެވަނަ ފަހަރަށް ބަލައި ނުގަންނަ ގޮތަށް އެކޯޓުން ހަމަޖައްސައިފިއެވެ.
އެކޯޓުން މިހެން ބުނެފައިވަނީ ޑްރަގްކޯޓަށް ހުށައެޅޭ މައްސަލަތަކުގައި ޝަރުތުތަކާއި އެކު އެކޯޓުން ދޫކޮށްލާފައިވާ ފަރާތްތަށް ޝަރުތާއި ހިލާފްވުމުން ފިޔަވަޅު އެޅޭނެ އުސޫލު އެކޯޓުން ގެޒެޓްކޮށްފައިވާ ޤަވާއިދުގައެވެ.
އެގޮތުން ކޯޓަށް ހާޒިރުވުމަށް އަންގާ ތާރީހަށް ކޯޓަށް ހާޒިރު ނުވެއްޖެނަމަ ފުރަތަމަ ފަހަރު 75 ރުފިޔާއިން ޖޫރިމަނާ ކުރުމާއި ދެވަނަ ފަހަރަށް ފުލުހުންގެ މައްޗަށް އަމުރުކޮށްގެން ކޯޓަށް ހާޒިރުކުރުމާއި ތިންވަނަ ފަހަރު ތަކުރާރުކޮށްފިނަމަ މައްސަލަ ޑްރަގްކޯޓުން ބޭރުކޮށްލާނެކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އަދި މިގޮތުން ފަރުވާގެ ނިޒާމުން ބޭރުކުރެވޭ މައްސަލަޔަކީ ނޭޝަނަލް ޑްރަގް އެޖެންސީން ހުށައެޅި މައްސަލައެއްނަމަ އެމައްސަލައެއް އެއެޖެންސީއަށް އަންބުރާ ފޮނުވާލެވޭނެ ކަމަށާއި އެޖެންސީން ހުށައެޅުނު މައްސަލައެއް ނޫންނަމަ އިހްތިސާސް ލިބިގެންވާ ކޯޓަކަށް މައްސަލަ ފޮނުވާލެވޭނެކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުތުން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭޝަނަލް ޑްރަގް އެޖެންސީން އަންގާ ތާރީޚެއްގައި އަންގާ ތަނަކަށް ހާޒިރުވެ، އެ އެޖެންސީއިން ކަނޑައަޅާ ބަޔަކާ ބައްދަލުނުކޮށްފިނަމަ ފުރަތަމަ ފަހަރު އެމީހަކު ޑްރަގް ކޯޓަށް ހާޒިރުކޮށް ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންނުވާ މީހެއްކަމުގައި ބަލާނެކަމުގެ އިންޒާރުދެވޭނެކަމަށްވެސް ޤަވާއިދުގައި ބުނެފައިވެވެވެ.
އަދި ދެ ވަނަ ފަހަރު އެކަން ތަކުރާރުކޮށްފިނަމަ މައްސަލަ ޑްރަގްކޯޓުން ބޭރުކޮށްލާނެކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އަދި މިގޮތުން ފަރުވާގެ ނިޒާމުން ބޭރުކުރެވޭ މައްސަލަޔަކީ ނޭޝަނަލް ޑްރަގް އެޖެންސީން ހުށައެޅި މައްސަލައެއްނަމަ އެމައްސަލައެއް އެއެޖެންސީއަށް އަންބުރާ ފޮނުވާލެވޭނެ ކަމަށާއި އެޖެންސީން ހުށައެޅުނު މައްސަލައެއް ނޫންނަމަ އިހްތިސާސް ލިބިގެންވާ ކޯޓަކަށް މައްސަލަ ފޮނުވާލެވޭނެކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިންޑިކޭޓިވް ހެދުމަށް އަމުރުކުރެވިފައިވާ މުއްދަތުގައި ޑްރަގް ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ހިނގައްޖެނަމަ ފުރަތަމަ ފަހަރު 250 ރުފިޔާއި ދެ ވަނަ ފަހަރު 500 ރުފިޔާއިން އަދި އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ފަރުވާގެ ނިޒާމުގެ ޝަރުތުތަކާއި ހިލާފްވާ މީހުންނާއިމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޝަރުތަކާއި އެކު ދޫކޮށްލާފައިވާ މީހަރު އިތުރު ކުށެއްކޮށްފިނަމަ ފުރަތަމަ ފަހަރު ގިނަވެގެން ދިހަ ދުވަހުގެ މުއްދަތަށް ޑްރަގް އޮފެންޑަރ ރިމާންޑް ބައްދުކުރެވޭނެކަމަށާއި ދެވަނަ ފަހަރު ކުށެއްކޮށްފިނަމަ ފުރަތަމަ ޙުކުމްކުރެވެންދެން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގައި ނުވަތަ ފުލުހުންގެ ބަންދުގައި ބެހެއްޓޭނެކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.
އަދި ދިރިއުޅޭ އެޑްރެސް ނުވަތަ ފޯނު ނަންބަރު ބަދަލުވެ، އެކަން ޑްރަގް ކޯޓަށް ނާންގައި ހުރެއްޖެނަމަ، ފުރަތަމަ ފަހަރު 100 ރުފިޔާއި ދެ ވަނަ ފަހަރު 250 ރުފިޔާއި އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ރީހެބިލިޓޭޝަން އަމުރެއް ކުރާއިރު ކަނޑައެޅޭނެ ޝަރުތުތަކާއި އެޝަރުތުތަކާއި ހިލާފްވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ އުސޫލުވެސްވަނީ ޤަވާއިދުގައި ކަނޑައަޅާފައެވެ.
ޑްރަގް ކޯޓުން ބޭރުކޮށްލެވޭ މައްސަލައެއް އަލުން އެކޯޓަށް ބަލައެއް ނުގަނެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ