އާތުއަވަރ ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ގިނަ ތަންތަނުން ކަރަންޓު ކަނޑަލާ އަންދިރިކޮށްފި

އާތުއަވަރ ފާހަގަ ކުރުމުގެ ގޮތުން ވެރިރަށް މާލޭގެ ގިނަ ތަންތަނުން ކަރަންޓު ކަނޑާލާ އެއްގަޑި އިރަށް އަނދިރިކޮށްފިއެވެ.
މިހަރަކާތް ފަށާފައިވަނީ މާލޭ ގަޑިން މިރޭ 8:30ގައެވެ. 9:30 ޖެހެންދެން މިހަރަކާތް ކުރިއަށް ގެންގޮސްފައިވާ އިރު، ޓްރާންސްޕޯޓް އޮތޯރިޓީންވަނީ މިރޭގެ 7:30 ފެށިގެން 10:30 ޖެހެންދެން މަގުމަތީގައި ހިނގާބިގާވެ ނޫން ގޮތަކަށް އުޅުން މަނާކޮށްފައެވެ. ނަމަވެސް މަދުމަދުން ކޮންމެވެސް ވަރަކަށް ބައެއް ފަރާތްތަކުން އެއްޗެހި ދުއްވާ ހެދިއެވެ.
ފުލުހުންވަނީ ޓްރާންސްޕޯޓު އޮތޯރިޓީގެ އެންގުމައި ހިލާފުވާ ފަރާތްތަކައި މެދު ފިޔަވަޅު އަޅާނެކަން ހާމަކޮށްފައެވެ.
އާތު އަވަރ ފާހަގަ ކުރުމުގެ ރަސްމިއްޔާތުތައް ރާއްޖޭގައި ރަސްމީކޮށް މިރޭ ފައްޓަވާ ދެއްވީ ނައިބް ރައީސް މުހައްމަދު ވަހީދުއްދީނެވެ. އެގޮތުން ވަހީދުއްދީންވަނީ ރައީސް އޮފީހުގެ ގިނަ ބޮކިތަކެއް ނިއްވާލަ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ