ސްޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ގާނޫނީ ބާރުވެރިކަމަށް އަރާފައިވާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުން ވަކިކޮށްފައިވާ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމު ނުގެއްލޭކަމަށް ސުޕްރިމް ކޯޓުން ކަނޑައެޅުމާ ގުޅިގެން މިއަދު ބޭއްވި މަޖިލިސް ހޫނުވެ މިއަދުގެ ޖަލްސާ މެދު ކަނޑާލުމަށް ފަހު ދެ ވަނަ ފަހަރަށް ޖަލްސާ ފެށުމަށް ފަހު ރިޔާސަތުން ނާއިބު ރައީސް ނާޒިމް ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަދު ޖަލްސާގެ ނިޒާމް ގެއްލި ހޫނުވެގެން ދިޔައީ ފަހުމީއަށް ސްޕްރީމް ކޯޓުގެ ހުކުމާއެއްގޮތަށް މަގާމު އަލުން ރުޖޫއަވީމަ ނޫންކަމަށެވެ.
ޖަލްސާ ދެ ވަނަ ފަހަރަށް ފެށުމަށް ފަހު ނާޒިމް ވަނީ ސްޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމެއް ބާތިލް ކޮށްފައިވާތީ އެމައްސަލަ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ބެލުމަށް ފުރުސަތު ދިނުމަށްޓަކައި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލިކަން އިއުލާނު ކުރައްވާފައެވެ.
އެކޮމެޓީގެ ބައްދަލުވުމް މިއަދު 2:00 ގައި އޮންނާނެ އެވެ.
ސްޕްރީމް ކޯޓުން ވަނީ މަޖިލީހަށް ލިބިފައިވާ ގާނޫނީ ބާރުވެރިކަމަށް އަރާފައި: ނާއިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ