އެންމެނާމެދު ގެންގުޅޭނީ އޯގާތެރި ހަމަހަމަ އުސޫލު: ގާސިމް

ވެރިކަމަށް ހޮއްވަވައިފިނަމަ ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ، ހުރިހާ ރައްޔަތުން އެކުވެރިކޮށް އެންމެނަށް އޯގާތެރިކަމާއެކުގައި ކަމަށާއި، ސަރުކާރުގެ މަގާމުތަކަށް ޢައްޔަން ކުރާނީ އެ މަގާމަކަށް އެކަށޭނަ ގާބިލް އަމާނާތްތެރި ބޭފުޅުން ކަމުގައި ޖުމުހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު 10 ޖެހި އިރު ދިވެހި ރައްޔިތުންނާއި މުހާތަބު ކުރައްވައި ދެއްވި ޚިތާބެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރައްވާނީ އެންމެން އަތުގުޅާލައިގެން، އިސްލާމްދީނާ ދިވެހިވަންތަކަމުގެ މަތީގައި ތިބެ، ރާއްޖެ އާރާސްތުކުރުމުގެ ހެޔޮ ވިސްނުން ކުރިއަށް ނެރެގެން ކަމަށެވެ.
ގާސިމްގެ ހިތޯބުގައި ވިދާޅުވީ މިއަދާ ހަމަޔަށް ރާއްޖެ އާއި ދިވެހިން އައީ ތަފާތު އެކި ތަޖުރިބާތަކާ އެކުގައި ކަމަށާއި، އެކި ރައީސުންނާ އެކި ސަރުކާރުތައް ދެކެފައިވާއިރު، ދިގުމުއްދަތާ ކުރުމުއްދަތުގެ ވެރިކަން ވެސް ފެނިފައިވާ ކަމަށެވެ. މިއަދު ދިވެހިން ތިބި ހާލަތާމެދު ކޮންމެ ވިސްނާލިޔަސް ބަދަލު ނުކުރެވޭނެ އެތައް ޙަގީގަތެއް އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.
ޤާސިން ވިދާޅުވީ ދުނިޔޭގެ ނިސްބަތުގައި އަދިވެސް ރާއްޖެއަކީ މަތީ ތައުލީމުގެ ފުރުޞަތު ލިބުން ކުޑަ ގައުމެއް ކަމަށާއި ސިއްހީ ޚިދުމަތުގެ ލުއި ފަސޭހަކަން އެންމެ ކުޑަ އެއް ގައުމު ކަމަށެވެ. ދަތުރުފަތުރުގެ ދަތިކަމާއި ރާއްޖޭގެ ގިނަ އާއިލާތަކުގެ ފަގީރުކަމާއި ލިބޭ މުސާރައިން ދެކޮޅު ނުޖެހުމާއި ވަޒީފާ ނުލިބުމާއި، ގެދޮރުގެ ދަތިކަކަމާއި ގިނަ ރަށްރަށުގައި ނަޖިސް ފެނުން ފެންވަރަން ޖެހުމާއި ފަދަ ބޮޑެތި މައްސަލަތަކުގެ ލިސްޓު ވަރަށް ދިގު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ