އެއްބުރުން މައުމޫނު ބަލިކުރާނަން: ނަޝީދު

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް އަލުން ރިޔާސީ ރޭހަށް ނިކުމެވަޑައިގެންފިނަމަ އެއްބުރުން އެމަނިކުފާނު ބަލުކުރައްވާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ވާދަކުރައްވަފާނެކަމަމުގެ އިޝާރާތެއް މައުމޫން ކުރައްވާފައުވަނިކޮށް ވައުދުގެ ދަތުރު ނިންމުމުގެ ޖަލްސާގައި ހދ ކުޅުދުއްފުށީގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ "އަޅުގަނޑުމެންގެ ތަރައްޤީއަށް ހުރަސްއެޅުކަމަށް ދިގު 30 އަހަރު ވެރިކަންކުރި ފަރާތުން އެބަ އަންނަ" ކަމުގައެވެ. އަދި ތަރައްޤީއަށް ހުރަސް އެޅުމަށް މައުމޫން އެބަވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން އަނެއްކާވެސް މިދަންނަވަނީ އެމަނިކުފާނު އަޅުގަނޑުމެންނާ ވާދަކުރަން އަންނާށޭ، އަޅުގަނޑުމެން ބަލިކުރާނަން، އެއްބުރުން އެމަނިކުފާނު ބަލިކުރާނަން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުވަނީ އެމްޑީޕީގެ ވެރިކަމެއްގައި ތިލަދުންމަތީގައި 3000 ޓްއަރިސްޓް އެނދު ތަރައްޤީ ކުރާނެކަމަށާއި ހަނިމާދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރާނެކަމަށް އަދި ކުޅުދުއްފުށީ ބަނދަރަށް ދުނިޔޭގެ އެތައް މިތަނުން މުދާގެނެސް މުދާބާލާނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިރޭވެސް ނަޝީދުވަނީ ޝަރުއީ ދާއިރާއަށް ފާޑު ވިދާޅުވެފައެވެ. އަދި އިންގިލާބު އަވަސްކުރުމަށްވެސް ނަޝީދު މިރޭ ގޮވައިލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ