ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މެދުގައި މިހާރު ކުރިއަށް ގެންދާ މަޝްވަރާތަކުގައި މިވަގުތަށް އެމްޑީޕީން ބައިވެރިނުވާ ގޮތަށް އެޕާޓީން ނިންމައިފިއެވެ.                         
އެމްޑީޕީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ 125 ވަނަ ބައްދަލުވުމުގައެވެ. 
އެމްޑީޕީން މައުލޫމާތުދޭ ގޮތުގައި މިވަގުތު ލީޑާސް ޑައިލޮގުގެ މަޝްވަރާތަކުގައި އެޕާޓީން ބައިވެރިނުވާން ނިންމާފައިވަނީ މަޝްވަރާތަކުގައި ބައިވެރިނުވުމުގެ މަގުސަދުގައެއް ނޫނެވެ. 
ލީޑާސް ޑައިލޮގެ ދެވަނަ ބައްދަލުވުމެއް މާދަމާ ހަވީރު ވެލާނާގޭގައި ބާއްވާ ގޮތަށް އެޖެންޑާ ކޮށްފައިވަނިކޮށް އެބައްދަލުވުމުގައި ބައިވެރި ނުވުމަށް އެމްޑީޕީން ނިންމާފައިވަނީ ކީއްވެ ކަމެއް އެޕާޓީން ހާމައެއް ނުކުރެއެވެ. 
ލީޑާސް ޑައިލޮގެ އެންމެ ފުރަތަމަ ބައްދަލުވުމުގައިވަނީ ފަސް ކަމަކަށް މަޝްވަރާ ކުރުމަށް އެއްބަސްވެފައެވެ.
    
    ލީޑާސް ޑައިލޮގެ މާދަމާގެ ބައްދަލުވުމުގައި ބައިވެރި ނުވާ ގޮތަށް އެމްޑީޕީން ނިންމައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            