ފެލިވަރުގެ ޗެއާރމަން މުހައްމަދު އިމްތިޔާޒުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން 2000 ދަޅު މަސް ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށް ތުހުމަތުކޮށް މެނޭޖިން ޑިރެކްޓަރު އަލީ އަހުމަދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވީ ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.                         
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޕްރެސް ސެކެރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ ބައެއް މީޑިއާތަކުން އޮޅުވާލައިގެން މައުލޫމާތު ގެނެސްފައިވީ ނަމަވެސް އެފަދަ ފިޔަވަޅެއް ރައީސް އޮފީހުން އަދި އަޅާފައިނުވާ ކަމަށެވެ. 
ނަމަވެސް މިސަރުކާރަކީ ކޮރަޕްޝަނަށް މަގުފަހިކޮށްދޭނެ ސަރުކާރެއް ނޫން ކަމަށް މަސްއޫދު ވިދާޅުވިއެވެ. 
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެލިވަރުގެ ޗެއާރމަން މުހައްމަދު އިމްތިޔާޒު އެމަގާމުން ވަކި ކުރި އިރު، އަލީ އަހުމަދާއި ބެހޭ މައުލޫމާތުތައް އޭސީސީން ރައީސް އޮފީހާއި ހިއްސާކޮށްފައެއް ނުވެއެވެ.
    
    އަލީ އަހުމަދާއި މެދު ރައީސް އޮފީހުން މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބުނެފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            