ނަން އިއްވުމުން ވެސް ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހިދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ޖަލްސާދޫކުރައްވާ ނުކުމެވަޑައިނުގެންނެވުމުން ސިފައިން ވަދެ އެ ދެ މެމްބަރުން ގަދަކަމުން ޗެމްބަރުން ނެރެފިއެވެ.
ޖަލްސާ ފެށުމާއެކު ނިޒާމީ ނުކުތާ ނަންގަވައި ރިޔާސަތާ ސުވާލު ކުރައްވަން ފެށުމުން އެދެ މެމްބަރުންނަށް ވަނީ ނަސޭހަތްދެއްވާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ދަންނަވާފައެވެ. ރިޔާސަތުގެ އެންގުމަށް ބެލުމެއް ނެތި އަލީ ވަހީދާއި މުހައްމަދު ރަޝީދު ވަނީ ނިޒާމީ ނުކުތާ ނަންގަވައި ކޮޅަށް ތެދުވެވަޑައިގެން އާސަންދަ ގެ ހިދުމަތް ހޯދާ މީހުން އަތުން ފައިސާ ނުނެގޭނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އެންމެ ފަހުން ދެ މެމްބަރުންގެ ނަން އިއްވާ ޖަލްސާ މެދު ކަނޑާލައްވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ ނަން އިއްވާފައިވާ ދެ މެމްބަރުން ޖަލްސާ ދޫކުރައްވާ ވަޑައިގަންނަވަންދެން މެދު ކަނޑާލައްވަނީ ކަމަށެވެ.
ދެ މެމްބަރުން ނުކުމެވަޑައިނުގެންނެވުމުން ސިފައިން ވަދެގެން ޗެމްބަރުން އަލީ ވަހީދާއި މުހައްމަދު ރަޝީދު ނެރުނީ މީގެ ކުޑައިރުކޮޅެއްކުރިންނެވެ. ނަމަވެސް އަދި ވެސް ޖަލްސާ ފެށޭވަރެއްނުވެއެވެ.
ސިފައިން ވަދެ އަލީ ވަހީދާއި މުހައްމަދު ރަޝީދު ޗެމްބަރުން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ