22:05
ޖަލްސާގައި މިހާރު ހަތަރު ސަތޭކައެއްހާ މީހުން ބައިވެރި ވަމުންއެބަދޭ
21:52
ޕްރައިމަރީ އަށް ފަހު ވަކިވަކިން އާއްމު ޖަލްސާ ނުބޭއްވެވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފައި ވަނިކޮށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާ ދެންމެ ފަށައިފިއެވެ.
ޖަލްސާގައި ބައިވެރިވަމުންދަނީ ތިންސަތޭކައެއްހައި މީހުންނެވެ. ސިޔާސީ އިސްފަރާއްތަކުގެ ތެރެއިން އުމަރުގެ އިތުރުން މިޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަމުން ދަނީ އިސްދޫ ދާއިރާގެ މެންބަރު ރަޝީދުގެ އިތުރުން އުމަރުގެ ކެންޕޭން މެނޭޖަރ މާޒް ސަލީމްމެވެ.
އުމަރުގެ ކެންޕޭންގެ ގިނަ ޖަލްސާތަކުގައި ފެނިގެންދިޔަ ރައީސް މައުމޫނުގެ އަނބިކަބަލުންގެ ބޭބޭފުޅު އިލްޔާސް އިބުރާހިމާއި އައްބާސް އިބުރާހިމް މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައެއް ނުގަނެއެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ވަކިވަކިން ޖަލްސާ ނުބޭއްވެވުމަށް މައުމޫން ކައުންސިލް މެމްބަރުންނަށް އަންގަވާފައި ވަނީ މިއަދު އެމަނިކުފާނު ފޮނުއްވެވި އެސްއެމްއެސްއެއްގައި ކަމަށެވެ. ރައީސް މައުމޫން ބޭނުންފުޅުވެލައްވަނީ ހުރިހައި ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް މާދަމާރޭ ބާއްވަން ކަމަށް ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވިއެވެ. ރައީސް މައުމޫން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް މާދަމާރޭ ކަނިވާ ސަރަހައްދުގައި އޮންނާނެކަމަށް ބުނެ ޕީޕީއެމްއިން މިއަދު ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ.
ޖަލްސާ ނުބާއްވަން މައުމޫން އެދިވަޑައިގެންފައި ވަނިކޮށް އުމަރުގެ ޖަލްސާ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ