ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ފިރިކަލުން ގާސިމް އިބްރާހިމް އިސްލާހަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ހަގީގީ ކުލަޖެހެން ވަރަށް ގާތްވެއްޖެ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ މިހެން ވިދާޅުވީ އެކަމަނާ ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބިލަތްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ބިލަތްދޫގެ ރައްޔިތުން އެކަމަނާއަށް އަދި އިއްތިހާދަށް ކީހޫނު މަރުހަބާއަށް ޝުކުރު ދަންނަވާ އައިޝާ ވިދާޅުވީ މިހާތަނަށް ދެވުނު ރަށްރަށުން ބިލަތްދޫއިން ފެނިގެންދިޔައީ އާދަޔާހިލާފު ތަރުހީބެއް ކަމަށެވެ. އަދި އެރަށުން ފެނިގެންދިޔައީ އަނިޔާއާއި ދެކޮޅަށް ވަޒީފާގެ ބިރެއްނެތި ހައްގުބަސް ބުނަން ކެރިގެން ތިބި ރައްޔިތެއް ކަމަށްވެސް ވިދާޅުވި އެވެ.
އައިޝާ އިތުރަށް ވިދާޅުވީ ބިލަތްދޫން ފެނިގެންދަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކުރައްވާ އިސްލާހީ މަސައްކަތްތައް ކާމިޔާބުވުމުގެ ވަގުތު ކުޑަތަންވަމުން އަންނަ މަންޒަރު ކަމަށާއި، އިރާދަކުރެއްވިއްޔާ 23 ސެޕްޓެމްބަރުގައި ރައްޔިތުންގެ ވޯޓުން މިވެރިކަން ބަދަލުކުރާނެ ކަމަށެވެ.
ބިލަތްދޫގެ އިތުރަށް އައިޝަތު ނަހުލާ މިއަދު ވަނީ ފ. ނިލަންދޫ އަށްވެސް ވަޑައިގެންފަ އެވެ. ނިލަންދޫއިންވެސް ވަނީ އެކަމަނާ އާއި އިއްތިހާދުގެ ޓީމުގެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އިސްލާހަށްޓަކައި ގާސިމް ކުރައްވާ މަސައްކަތުގައި ކުލަޖެހެން ކައިރިވެއްޖެ: އައިޝާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ