ރ. ކިނޮޅަހުގައި ކުޅިވަރުގެ ހަރަކާތްތައް ބާއްވައި ހިންގުމުގެ ނަތީޖާއެއްގެ ގޮތުން ކުޅިވަރުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށް އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔަތުލް އިއްތިހާދުން ބުނެފި އެވެ.
ވީޓީވީގެ އެތެރެފަރާތް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖަމިއްޔާގެ މާލޭގެ ފޯކަލް ޕޮއިންޓް އަލީ ހުޝާމް ވިދާޅުވީ މިދިޔަ 10 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ގަވާއިދުން ރަށުގައި ހަތަރު ކުޅިވަރު ހަރަކާތެއް ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދާ ކަމަށެވެ. މިގޮތުން ވޮލީބޯޅައާއި ފުޓުބޯޅައާއި ނެޓުބޯޅައިގެ އިތުރުން ބަށިބޯޅަ މުބާރާތެއް ކޮންމެ އަހަރެއްގެ ސުކޫލްގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ވޮލީބޯޅައިގެ ތަމްރީން ޕްރޮގްރާމްތައް ހިންގައި ކިނޮޅޮހުގައި އެ ކުޅިވަރު ތަރައްގީކުރުމަށް ހާއްސަ ސަމާލުކަމެއް ޖަމިއްޔާއިންދޭ ކަމަށް ހުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަމިއްޔާގެ ފަރާތުން ހިންގައި ވޮލީބޯޅައިގެ މުބާރާތާއި ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން ވޮލީން ގިނަ ކާމިޔާބީތަކެއް ވަނީ ރަށަށް ހާސިލު ކުރެވިފައި ކަމަށެވެ.
ހިންގުނު ހަރަކާތްތަކުގެ ނަތީޖާ ފެންނަން ފަށައިފި: ޖަމިއްޔަތުލް އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ