ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މެމްބަރު މުހައްމާ ހައްޔަރުކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމުގައި ބުނެ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ހައްޔަރުކޮށްފިއެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ، މުހައްމާ ހައްޔަރުކޮށްގެން މިހާރު ދޫނިދޫއަށްވެސް ގެންގޮސްފައިވާ ކަމުގައި މައުލޫމާތު ލިބިފައެވެ. މުހައްމާ ހައްޔަރުކުރީ ބުރުޒުމަގުން، ކުލަހެދުމުގައި ތިބި ފުލުހުން ކަމުގައި ބައެއް ފަރާތްތަކުން ވީނިއުސްއަށް ވަނީ މައުލޫމާތު ދީފައެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތެއް ނުވެއެވެ.
މުހައްމާ އަކީ އިދިކޮޅު ފަރާތްތަކާއި އެކު އިސްލާހީ މަސައްކަތުގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރައްވާ މެމްބަރެކެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ފުލުހުން މުހައްމާ ހައްޔަރުކޮށްފައެވެ.
މުހައްމާ އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައި ވާއިރު، އެމްޑީޕީގެ މެމްބަރު އަދި ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމްވެސް އެސްއޯއީގެ ދަށުން އެރަށުން ހައްޔަރުކޮށްފައިވާ ކަމުގައި މައުލޫމާތު ލިބިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ