ވައިރަހުގެ އަސަރެއް ނެތް ރަށްރަށުގެ މިސްކިތްތަކުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އުމަރު ނަސީރު ގޮވާލައްވައިފި

ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވާއިރު، މި ވައިރަސްގެ އަސަރެއް ނެތް ރަށްރަށުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
ރައީސް ޔާމީންގެ ދައުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު މިކަމަށް ގޮވާލާފައިވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯ މެސެޖެއްގައެވެ.
“އަޅުގަނޑު ސަރުކާރަށް މި ގޮވާލަނީ ކޮރޯނާ ވައިރަސްގެ އެއްވެސް އަސަރެއް ނުކުރާ ރާއްޖޭގެ ރަށްރަށުގަ މިސްކިތްތަކުގަ ނަމާދު ކުރުމުގެ ހުއްދަ ސަރުކާރުން ދެއްވުމަށް” އުމަރު ވިދާޅުވިއެވެ.
ވީޑިއޯ މެސެޖުގައި އުމަރު ނަސީރު އިތުރަށް ވިދާޅުވީ އަސަރެއް ނުކުރާ ރާއްޖޭގެ އެތައް ރަށެއް އެބަ އޮތް ކަމަށާއި އެ ރަށްރަށުގައި އެކަކު އަނެކަކާ ދޭތެރޭގައި ދުރުމިނެއް ބަހައްޓައިގެން ނަމާދު ކުރުމުގެ ފުރުސަތު އެ ރަށްރަށުގެ ރައްޔިތުންނަށް ލިބެން ވާނެ ކަމަށެވެ.
ކޮރޯނާ ވައިރަސް ގެ އަސަރެއް ނެތް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ގޮވާލުން.@UmarNaseerMV @MVIaffairs @ibusolih pic.twitter.com/5WB3ogzXC6
— Team Umar (@TeamUmarMv) May 17, 2020
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ