ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ފަދަ ތަޖުރިބާހުރި ގައުމީ ވިސްނުމުގެ ބޭފުޅަކު ކުރިއަށް އޮތް ދައުރުގައި މަޖިލީހުގައި އިންނެވުމަކީ މުހިއްމުކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިއަދު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގާސިމް އިބްރާހީމަކީ ރާއްޖެއަށް ސިޔާސީ މިނިވަންކަމާއި އިސްލާހީ ބަދަލުތައް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ގާސިމް ފަދަ ތަޖުރިބާ ހުރި މުހިއްމު ބޭފުޅަކު ދެން އަންނަ ދައުރެއްގައިވެސް މަޖިލީހުގައި އިންނެވުން މުހިންމު ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ގާސިމަކީ ރާއްޖޭގައި މިހާރު ތިއްބެވި ސިޔާސީ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅާ ކަމަށެވެ. ހާއްސަކޮށް މަޖިލީހުގައި އެމަނިކުފާނުގެ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް މަޖިލީހުގައި އިންނެވުން މުހިއްމު: ޑރ. ޝަހީމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ