މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަމަހުގެ 12 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ބައިވެރިވާ އުމުރުފުރާ އެނގޭނެގޮތަށް ލިޔުމަކުން ހުށަހެޅުމަށް އެދެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުން ޓީމް ލިސްޓް އަންނަމަހުގެ 2 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހަޅަން ޖެހެއެވެ.
އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، މި މުބާރާތް ކުރިއަށްދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންކަމަށް އެމްބީއޭއިން މައުލޫމާތު ދެއެވެ. އެއީ 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށެވެ.
އަންނަމަހު މި މުބާރާތް ކުރިއަށްދާއިރު، މިހާރު ވެސް އެމްބީއޭގެ މުބާރާތެއް އެބަ ކުރިއަށްދެއެވެ. އެއީ ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ހާއްސަކޮށްގެން ބާއްވާ ބާސްކެޓްބޯޅަ މުބާރާތެވެ.
އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ