ކުރީގެ ރައީސް މުހައްމަދުގެ ނަޝީދުގެ މައްޗަށް ކުރާ ދުޢާއެއްގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލެއްވުން އެދި އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ކޮންމެ ހުކުރު ނަމާދަކަށް ފަހު އިސްލާމީ މަރުކަޒުގައި ކުރާ ދުޢާގައި މިއަދު އުމަރު ބައިވެރިވެ ވަޑައިގެންނެވި ކަމަށް ބުނެ ދުޢާ ކުރި މީހުންގެ ތެރޭގައި އުމަރު ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯ އެއް ސޯޝަލް މީޑިއާ ގައި ދައުރުވަމުން ދަނިކޮށެވެ.
އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމީހެއްގެ ކިބައިން ގައުމާއި ދީން ސަލާމަތްވި މީހެއްގެ މައްޗަށް އަޅުގަނޑު ދުއާއެއް ނުކުރާނަން" ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވެފައި ވަނީ މީހުންނަށް މިސްކިތުން ނިކުންނަން ދަތިވާ ގޮތައް ދުޢާ ކުރުމަން ކޮންމެ ދުވަހަކު ވެސް މީހުން ތިބޭ ކަމަށެވެ.
މިއަދު ނަޝީދުގެ މައްޗަށް ދުޢާ ކުރި ވަގުތު އުމަރު އިސްލާމީ މަރުކަޒުން ނިކުންނަވަނިކޮށް ނަގާފައިވާ ފޮޓޯ އެއް އާންމުވެފައި ވީނަމަވެސް ދުޢާގައި ބައިވެރި ވުމަށް އުމަރު އަތް ނަންގަވާފައެއް ނުވެއެވެ.
ނަޝީދުގެ މައްޗަށް ކުރާ ދުޢާ އެއްގައި ބައިވެރިއެއް ނުވާނަން – މިނިސްޓަރ އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ