ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ރޭގެ ވަގުތެއްގައި ޔުމްނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން މާދަމާ (މިއަދު) 1130 އަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާކަމަށެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާކަން ޔުމްނާ ޓްވީޓް ކުރެއްވިނަމަވެސް އޭނާ ހާޒިރު ކުރަނީ ކޮން މައްސަލައެއްގައިކަން ސާފެއް ނުވެ އެވެ.
ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ