މައިލޯ އިންޓަރ ސްކޫލް ކުރިކެޓް ލީގުގައި މިއަދު 5 މެޗު ކުޅެފި

ކްރިކެޓް ބޯރޑުން އިންތިޒާމްކޮށްގެން ކުރިއަށް ދާ މައިލޯ އިންޓަރ ސްކޫލް ކުރިކެޓް ލީގުގެ 5 މެޗް މިއަދު ކުޅެފިއެވެ.
މިއަދުގެ ފުރަތަމަ ކުޅުނީ 12 އަހަރުން ދަށު އުމުރުފުރާގެ ދެ މެޗެވެ. ފުރަތަމަ މެޗު ބިލަބޮންގް އިންޓަރނެޝަނަލް ހައިއާއި ބައްދަލުކޮށް ތާޖުއްދީން ކާމިޔާބުކުރީ 8 ވިކެޓުންއެވެ. ބިލަބޮންގް 8 އޯވަރު 53 ލަނޑު ދެކުޅުންތެރިން ނުބައިވެގެން ހެދިއިރު، ތާޖުއްދީނުން ވަނީ 54 ލަނޑު 7.4 އޯވަރުތެރޭ 2 ކުޅުންތެރިން ނުބައިވެގެން ހަދާފައެވެ.
ދެވަނަ މެޗް ޖަމާލުއްދީން ސްކޫލާއި ބައްދަލުކޮށް މުހިޔިއްދީން ކާމިޔާބުކުރީ 12 ލަނޑުންނެވެ. މުހިޔިއްދީނުން 8 އޯވަރުތެރޭ 4 ކުޅުންތެރިން ނުބައިވެގެން 71 ލަނޑު ހެދިއިރު، ޖަމާލުއްދީން ސްކޫލް ހަތަރު ކުޅުންތެރިން ނުބައިވެގެން 8 އޯވަރު ގައި ހެދުނީ 59 ލަނޑެވެ.
މިއަދު ދެން ކުޅުނީ 14 އަހަރުން ދަށު އުމުރުފުރާގެ ތިން މެޗެވެ.
14 އަހަރުން ދަށު އުމުރުފުރާގެ ފުރަތަމަ މެޗު، އިމާނުއްދީނާއި ބައްދަލުކޮށް މުހިޔިއްދީން ކާމިޔާބުކުރީ 57 ލަނޑުންނެވެ. މުހިއްދީން 10 އޯވަރުތެރޭ 4 ކުޅުންތެރިން ނުބައިވެގެން 134 ލަނޑު ހެދިއިރު، އިމާދުއްދީން ސްކޫލަށް 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 77 ލަނޑެވެ.
މި އުމުރުފުރާގެ ދެވަނަ މެޗު ބިލަބޮންގް ޓީމާއި ބައްދަލުކޮށް ތާޖުއްދީން ކާމިޔާބުކުރީ 10 ވިކެޓުންނެވެ. ބިލަބޮންގް 10 އޯވަރު ތިންކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހެދިއިރު، ތާޖުއްދީނަށް 8.2 އޯވަރު އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ ވަނީ 106 ލަނޑު ހަދާފައެވެ.
މި އުމުރުފުރާގެ ތިންވަނަ މެޗު ޖަމާލުއްދީން ސްކޫލާއި ބައްދަލުކޮށް ގިޔާސުއްދީން ކާމިޔާބުކުރީ 5 ވިކެޓުންނެވެ. ޖަމާލުއްދީން ސްކޫލް 10 އޯވަރުތެރޭ ކުޅުންތެރިއެއް ނުބައިނުވެ 83 ލަނޑު ހެދިއިރު، ޖަވާބުގައި ގިޔާޒުއްދީން ކުޅެންއަރާ 9.3 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ވަނީ 84 ލަނޑު ހަދާފައެވެ.
މާދަމާ ވެސް މި މުބާރާތުގައި މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ކުޅުން ފަށާނީ ހެނދުނު 7 ޖަހާއިރުއެވެ. މި މުބާރާތުގެ ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ