އެމްޑީޕީގެ ތިން ދާއިރާގެ ރައީސް ކަމަށް ހަތަރު ފަރާތަކުން ކުރިމަތިލައިފި

މި މަހުގެ 15 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ތިން ދާއިރާއެއްގެ ރައީސް ކަމަށް ހަތަރު ފަރާތަކުން ކުރިމަތިލައިފި އެވެ.
ޤައުމީ މަޖިލީހުގައި ވެސް ހިމެނޭ މި ތިން ދާއިރާއަކީ ހޯރަފުށީ ދާއިރާ، ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިތުރުން ދިއްގަރު ދާއިރާ އެވެ.
ހޯރަފުށީ ދާއިރާގެ ރައީސް ކަމަށް އެ ރަށު މުރިނގު އަލީ ރިޔާޒް ކުރިމަތިލާފައިވާ އިރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސްކަމުގެ މަޤާމަށް ދެ ފަރާތަކުން ކުރިމަތިލާފައިވެ އެވެ. އެއީ، މާފަންނު ޗާންދަނީމާގޭ، ހަސަން ޝުޖާއު އާއި ކުޅުދުއްފުށި، ސީނިޔާޒް، އާދަމް ޝަރީފް މުޙައްމަދު އެވެ. ދިއްގަރު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލީ މާފަންނު ހުވަނދު ގަދަކޯޅިގޭ، ތާހާ މުޙައްމަދު އެވެ.
މީގެ އިތުރުން އެކި ދާއިރާތަކުގެ ފަސް މަޤާމަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަންތައް ވެސް ވަނީ އިއުލާންކޮށްފަ އެވެ.
މި ދާއިރާތަކުގެ މަޤާމްތަކަށް އިޢުލާންކޮށްފައި ވަނީ، ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން 31 ޖެނުއަރިގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ