އިއްޔެ ހަވީރު ވަޅި ހަރައިގެން ޒަހަމްވި ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ބަދަލު ކޮށްފި
އިއްޔެ ހަވީރު ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައިގެން ޒަހަމްވި 29 އަހަރުގެ ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ބަދަލުކޮށްފިއެވެ.ހުޅުމާލޭ ހޮސްޕިޓަލް ހިންގުމާ ހަވާލުވެފައިވާ އާސަންދައިން ބުނީ އިއްޔެ ހަވީރު ވަޅި ހަރައިގެން ޒަހަމްވި 29 އަހަރުގެ ފިރިހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލް އިން ފަރުވާދޭން އެޑްމިޓް ކުރުމަށްފަހު، އެ ހޮސްޕިޓަލުން ނެގި އެކްސްރޭ އާއި ސްކޭނުން އިތުރު ގެއްލުމެއް ވެފައިވާކަން ސާފު ނުވާ ކަމަށެވެ.ނަމަވެސް އޭނާގެ އެބްނޯމަލް ޕެއިން ހުރުމުން ސީޓީ ސްކޭން ހެދުމަށާއި އިތުރަށް ޗެކް ކުރުމަށް އިއްޔެ އިރު އޮއްސުނު ގަޑީގައި އައިޖީއެމްއެޗަށް ބަދަލުކޮށްފައި ކަމަށް އާސަންދައިން ބުނެއެވެ.އިއްޔެ ހަވީރު 16:10 ހާއިރު ހިންގި މާރާމާރީގައި އޭނާއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ގާޒީ ސްކޫލް ޕާކު ކައިރިންނެވެ.މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ވެސް ހުޅުމާލޭގައި މީހަކަށް ވަޅިން ހަމަލާދީފައިވާކަން ފާހަގަކޮށްލެވެއެވެ. އެ މަރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. އެގޮތުން އޭނާގެ ގައިގެ ހަތް ތަނަކަށް ވަޅިން ވަނީ ހަމަލާދީފައެވެ. އާސަންދަ ކުންފުނިން މައުލޫމާތު ދިން ގޮތުގައި އެ ޒުވާނާގެ ހާލު މިހާރު ރަނގަޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ