ކުރީގެ ރައީސް އަމުމޫނު އަބްދުލްޤައްޔޫމް އުފައްދަވާފައިވާ، މައުމޫން ފައުންޑޭޝަނުގެ ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ޕާޓް ފަންޑެޑް މި ސްކޯލާޝިޕްތަކުގައި އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ޔުނިވާސިޓީން 5 ދާއިރާއަކުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެކަމަށް މައުމޫނު ފައުންޑޭޝަނުން ބުނެއެވެ.
މައުމޫނު ފައުންޑޭޝަނުންބުނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން، ބެޗެލަރ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗެލަރ އޮފް ފިޒިއޮތެރަޕީ އަދި މާސްޓަރ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓްގެ ކޯސްތައް ކަމުގައެވެ.
މިދިޔަ އަހަރުވެސް މައުމޫނު ފައުންޑޭޝަނުންވަނީ 20 ދާއިރާއަކުން 80 ސްކޮލަޝިޕް ފުރުސަތު ހުޅުވާލާފައެވެ.
މައުމޫނު ފައުންޑޭޝަންގެ ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ