މުއްރަތު މެރުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި

ޤާނޫނީ ވަކީލު އަޙްމަދު ނަޖީބުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކުރައްވާފައި މ. މަސްރޫރާ އަޙްމަދު މުއްރަތު މެރުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފިއެވެ.
ދަށުކޯޓުން މުއްރަތު މެރުމަށް ކުރައްވާފައިވާ ހުކުމް  ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރައްވާފައިވަނީ އެ ކޯޓްގެ ފަސް ފަންޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ. ސުޕްރީމް ކޯޓުގެ މި ޙުކުމާއިއެކު މަރުގެ އަދަބުން މުއްރަތު ސަލާމަތްވުމަށް އޮތް ޝަރުއީ މަރުޙަލާގެ ދޮރު ބަންދުވީއެވެ.
މަރުގެ އަބަދު ތަންފީޒުކުރުމުގައި އަމަލުކުރަންޖެހޭ ޤަވައިދުގައިވާ ގޮތުން މީހެއްގެ މައްޗަށް  ސުޕްރީމްކޯޓުން މަރުގެ ޙުކުމް އިއްވަވާތާ 30 ދުވަހުގެ ތެރޭގައި އެމީހަކު ދަންޖައްސައިގެން އެ ޙުކުމް ތަންފީޒުކުރަންޖެހެއެވެ. އަދި އެ މުއްދަތުގެ  ތެރޭ އެމީހަކަށް މައާފް ހޯދާދިނުމަށް އިސްލާމިކް މިނިސްޓްރީ މެދުވެރިވެގެން އާއިލާއާއި އެކު ވާހަކަ ދައްކަންޖެހެއެވެ.
މިއީ ދަށުކޯޓުން މީހެއްގެ މައްޗަށް އިއްވަވާފައިވާ މަރުގެ ހުކުމް ދެމެހެއްޓުމަށް ސުޕްރީމްކޯޓުން ނިންމެވި ދެވަނަ ފަހަރެވެ. މީގެކުރިން އެ ކޯޓުން ވަނީ ޑރ.އަފްރާޝީމް އަލީގެ ޤާތިލު ހ.ލޮބީ ހުސެއިން ހުމާމް މެރުމަށް ދަށުކޯޓްތަކުން އިއްވެވި ހުކުމަށްވެސް ތާއީދުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ