ބަދަލުގެ ގޮތުގައި ކަސްޓަމަރުންނަށް 5 ދުވަހުގެ ތެރޭގައި 1 މިލިއަން

އެލައިޑް އިންޝުއަރެންސުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް ދުވަހުގެ ތެރޭގައި 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް، އެ ކުންފުނިން ހާމަކޮށްފިއެވެ.
އެލައިޑުން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން ގެއްލުމުގެ ބަދަލުހޯދުމަށް އެދިފައިވާ ފަރާތްތަކަށް މިމަހުގެ ސާދައިން އަށާރައަށް އެއްމިލިއަން އެއްސަތޭކަ އަށްޑިހަ ހަހާސް ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެފައިސާ ދޫކުރެވިފައިވާ ކަމަށެވެ. އެެލައިޑުންވަނީ މީގެކުރިން ފަސް ދުވަހުގެ ތެރޭގައި ފަހެއް ޕޮއިންޓް ފަހެއް މިލިއަނަށްވުރެ ގިނަ ފައިސާވެސް ދޫކޮށްފައެވެ.
އެލައިޑް އިންޝުއަރެންސްއަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ