މާދާމާ ހަވީރު ބާއްވަން ތާވަލު ކުރި ޝަރަފުގެ ހިނގާލުން ކެންސަލްކޮށްފި

ދިވެހިރާއްޖޭގެ 53 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަން ތާވަލުކުރި ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން ކެންސަލްކޮށްފިއެވެ.
މާދަމާ ހަވީރު 16:00 ގައި ފަށަން ތާވަލު ކުރި ޝަރަފުގެ ހިނގާލުން ކެންސަލްކޮށްފައިވާކަން އެމްއެންޑީއެފް އިން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެ ހަރަކާތް ދެން ބާއްވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
މާދަމާ ބާއްވަން ތާވަލު ކުރި މި ހިނގާލުން ފަހުގެ ތާރީހަކަށް ބަދަލުކުއިރު، މިރޭ ބާއްވާ ގޮތަށް އޮތް މިނިވަން ދުވަހުގެ ހަރަކާތްތައްވެސް ވަނީ ކެންސަލްކޮށްފައެވެ.
ހޯމް މިނިސްޓްރީން ވަނީ، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ކުޅިވަރުގެ ހަރަކާތް މާދަމާ ރެއަށް ފަސްކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިރޭ އޮތް އެ ހަރަކާތްތައް ކެންސަލުކޮށްފައި ވަނީ މިރޭ ކޭތަ ހިފާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ