ވެލިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ 12 ގަޑިއިރުތެރޭގައި ހައްލުވާނެ: ފެނަކަ

ނ. ވެލިދު އަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެ ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ޕީކް ގަޑިތަކުގައި ވޭތުވެދިޔަ ދެ ދުވަހު ވެލިދޫން ކަރަންޓު ކަނޑަމުން ގޮސްފައިވާ ކަމަށެވެ. އެ މައްސަލަ ދިމާވީ ވެލިދު އަށް ކަރަންޓް ދޭން ބޭނުންކުރާ 300 ކިލޯ ވޮޓްގެ ޖަނަރޭޓަރަށް މައްސަލައެއް ޖެހިގެންކަމަށް ފެނަކައިގެ ބަޔާނުގައި ބުންޏެވެ.އެ ރަށަށް މިހާރު ކަރަންޓު ދެމުން އަންނަނީ 160 ކިލޯ ވޮޓާއި 113 ކިލޯ ވޮޓްގެ ދެ ޖަނަރޭޓަރުގެ އެހީގަ އެވެ. އަދި އެ މައްސަލަ ހައްލުުކުރަން އިންޖިނިއަރުންގެ ޓީމެއް ވެލިދޫގައި ހަރަކާތްތެރިވަމުން އަންނަކަން ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. "އިންޖިނިއަރުން މައުލޫމާތު ދެއްވާގޮތުގައި ކުރިއަށް އޮތް 12 ގަޑިއިރު ތެރޭގައި ނ. ވެލިދޫގެ ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ފަނަކައިގެ ބަޔާނުގައި ބުނެފައި ވެ އެވެ.ކަރަންޓު ކެނޑުމުން ރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް މައާފަަށް އެދޭކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ