ކްރިމިނަލް ކޯޓު ހިންގުން ގާޒީ ބާރީއާ ހަވާލުކޮށްފި

ކްރިމިނަލް ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފާ މިއަދު ހަވާލުކޮށްފި އެވެ.ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކޯޓު ހިންގުން ގާޒީ ބާރީއާ ހަވާލުކުރީ އިސް ގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީއަކަށް ވަޑައިގަތުމުން ކަމަށެވެ.އިސް ގާޒީ އަބްދުﷲ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ވެސް ޗުއްޓީއެއް ނަންގަވައިފަ އެވެ.މިހާރު ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ ބާރީ އަކީ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ތިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.އިސް ގާޒީން ޗުއްޓީ އަށް ވަޑައިގަތުމުން އެހެން ގާޒީންނާ ކޯޓު ހިންގުން ހަވާލުކުރުމަކީ އާންމު އުސޫލު ކުރިން ވެސް ކުރާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ