ރޭގެ މުޒާހަރާގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފި، މެމްބަރު ފަޔާޒްގެ ބަންދަށް 15 ދުވަސް

އެމްޑީޕީން ރޭ މާލޭގައި ބޭއްްވި މުޒާހަރާ ރޫޅާލައި ހިނގި އެކި ހަމަނުޖެހުންތަކުގައި ހައްޔަރުކުރި 25 މީހުންގެ ތެރެއިން 22 މީހަކު، 60 ދުވަސް ވަންދެން މުޒާހަރާ އަށް ނުދިއުމަށް ޝަރުތުކޮށް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފަޔާޒް އިސްމާއީލްގެ ބަންދުގެ މުއްދަތަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ. އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ނިންމީ، 60 ދުވަސް ވަންދެން މުޒާހަރާ އަށް ނުގޮސް ނުހުންނެވޭނެ ކަމަށް ބަންދުގެ މަޖިލީހުގައި ވިދާޅުވުމުންނެވެ.ފަޔާޒްގެ އިތުރުން އެހެން ދެ މީހަކަށް ވެސް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހައިފަ އެވެ.ވަކި މުއްދަތެއް ވަންދެން މުޒާހަރާ އަށް ނުގޮސް ތިބުމަށް ޝަރުތުކޮށް ދޫކޮށްލި މީހުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބު ވެސް ހިމެނިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ