ކުރީގެ ރައީސް މައުމޫން މާހެފުމެއް ދެއްވައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް ރަމަޟާން މަހަށް މަރުހަބާ ދެންނެވުމުގެ ގޮތުން، މިއަދު މާހެފުމެއް ދެއްވައިފި އެވެ.ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި މިއަދު ބޭއްވި މާހެފުމުގައި، ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ބައެއް މިނިސްޓަރުންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބައެއް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވަޑައިގަތެވެ.މިއަދު ބޭއްވި މާހެފުމުގައި މައުމޫން ވާހަކަފުޅުދައްކަވަނީ.--ހަވީރު ފޮޓޯ:މުހައްމަދު ޝަރުހާން މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ރަމަޟާން މަހަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބާއްވާ މިފަދަ މާހެފުންތަކުގެ ބޭނުމަކީ ހަމައެކަނި ކެއުންބުއިން ނޫން ކަމަށާއި އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް އިސްލާމްދީނުގެ މަތިވެރި ރޫހު އާލާކުރުން ކަމަށެވެ.މިފަދަ މާހެފުންތައް މިހާރު ވަރަށް އާއްމުވެފައިވާ ކަމަށާއި މިއީ ރީތި އާދައެއް ކަމަށް މައުމޫން ފާހަގަކުރެއްވި އެވެ."ރަމަޟާން މަހަކީ އެއްބަޔަކު އަނެއްބަޔަކާ ރައްޓެހިވެ ނުވަތަ ރައްޓެހިކަން އިތުރަށް ބަދަހިކޮށް އަޅުގަނޑުމެންގެ މެދުގައި އިޖުތިމާއީ ރޫހު އާލާކުރުމުގެ މަސް،"މައުމޫން ވިދާޅުވި އެވެ.މިއަދު ބޭއްވި މާހެފުމުގައި ބައިވެރިވަޑައިގެންނެވި ބައެއް ބޭފުޅުން.--ހަވީރު ފޮޓޯ:މުހައްމަދު ޝަރުހާން އެމަނިކުފާނު ވިދާޅުވީ، ސޯޝަލް މީޑިއާގައި ބައެއް ބޭފުޅުން ގުރުއާނުގެ އާޔާތްތައް ލިޔުއްވާ އިރު ވަރަށް ގިނަ ކުށް ހުންނަ ކަމަށެވެ. "މިސާލަކަށް އަޅުގަނޑުމެން އެންމެން މިކިޔާ އާޔަތް. .... އެ އާޔަތް ލިޔާއިރު ވެސް ހުރޭ ވަރަށް ގިނަ ކުށް ލިޔެވިފައި. އަޅުގަނޑު ބައެއް ފަހަރު ފާހަގަ ވެސް ކޮށްލަން. ވަރަށް ބޮޑަށް މައާފު ކުރައްވާތި މިކަހަަލަ ވާހަކައެއް ދައްކަން ޖެހޭތީ ވެސް. ނަމަވެސް ގުރުއާނަކީ އަޅުގަނޑުމެން އެންމެން އިހުތިރާމް ކުރަންޖެހޭ އެއްޗެއް. އެއަށް އެއްވެސް ބަދަލެއް އައިސްގެން ނުވާނެ ލިޔުމުގައި ވެސް،" މައުމޫން ވިދާޅުވި އެވެ.މިއަދު ބޭއްވި މާހެފުމުގައި ނިހާން (ވ) އަދި ނައިބް ރައީސް ޖަމީލް ސަލާމް ކުރައްވަނީ.--ހަވީރު ފޮޓޯ:މުހައްމަދު ޝަރުހާން ގުރުއާނުގެ ދިވެހި އަދި އިނގިރޭސި ތަރުޖަމާ ލިޔުއްވާއިރު ވެސް ކުށްތައް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. "އެކަހަލަ އެއްޗެހި ނަންގަވާފައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް [ސޯޝަލް މީޑިއާގައި] ފޮނުއްވާއިރު ވަރަށް ބޮޑަށް ވިސްނަވާ ވަޑައިގަތުމަކީ އަޅުގަނޑު ހިތުން ވަރަށް ރަނގަޅުކަމެއް،" މައުމޫން ވިދާޅުވި އެވެ.މައުމޫން ވިދާޅުވީ، ޕީޕީއެމަކީ ވަރަށް ވަރުގަދަ ސިޔާސީ ޕާޓީއެއް ކަމަށާއި އަދިވެސް ޕާޓީގެ މެމްބަރުން ގުޅުން ބަދަހިކުރުމަށް މިފަދަ ބައްދަލުވުންތައް ގިނައިން ބާއްވަންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ