މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި ފަހަރު 21 ބޭފުޅަކަށް

މަތީ ދަރަޖަ ހޯދާ
ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މި އަހަރު 21
ބޭފުޅަކަށް ދިނުމަށް އިނާމާބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.ރައީސް އޮފީހުން ބުނިގޮތުގައި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ
ހޯއްދަވައިގެން، ރައީސްގެ މެޑެލް ހާސިލް ކުރައްވަނީ 16
ބޭފުޅެކެވެ. ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ
މުބާރާތަކުން ނުވަތަ ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ
ހޯއްދަވައިގެން، ރައީސްގެ މެޑެލް ހާސިލު ކުރައްވަނީ
އެންމެ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން
އާދަޔާ ހިލާފު ކާމިޔާބީއެއް ހާސިލު ކުރައްވައިގެން، ރައީސްގެ މެޑެލް ހާސިލު ކުރައްވަނީ ވެސް އެންމެ ބޭފުޅެކެވެ. ސަރުކާރުން
ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް
އުފެއްދުމުގެ ރޮނގުން މި އަހަރު ހުޅުއްވާލައްވާފައިވާ ދާއިރާތަކުގެ ތެރެއިން
އިނާމަށް ނަން ހުށަހެޅި ދެ ދާއިރާއަކުން ތިން ބޭފުޅަކަށް ވެސް ރައީސްގެ މެޑެލް ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.ހާފިޒު ކަމުގެ ސަނަދު ހާސިލު ކުރެއްވި ތިން ބޭފުޅަކަށާއި މި އަހަރު ބޭއްވި މަތީ ސާނަވީ އިމްތިހާނުން މުޅި ދުނިޔެ އިން
އެކައުންޓްސް އިން އެއްވަނަ ހާސިލު ކުރި ދަރިވަރުންނަށް ވެސް ރައީސްގެ ހާއްސަ މެޑަލް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި ޕްރެޒިޑެންޓް
ގައިޑް ބެޖް ހާސިލުކުރި ދަރިވަރަށް ވެސް ރައީސްގެ މެޑަލް ދިނުން މި އަހަރު އޮންނާނެ އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށާއި އެހެނިހެން ފަރާތްތަކަށް ރައީސްގެ ހާއްސަ
އިނާމާއި މެޑަލް ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އަންނަ އަންގާރަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ