ގާސިމް ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދޫކޮށްލަން ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް އަމުރުކުރީ ގާސިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން ދެންމެ އެ ކޯޓުގައި ބޭއްވި ޝަރީއަތުގަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ މާމިގިލީ ދާއިރާގެ މެމްބަރު ހައްޔަރުކުރީ މިދިޔަ ބުރާސްފަތިދުވަހު އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހުކުރުދުވަހު ހަ ދުވަސް ޖަހައިފަ އެވެ. އެ މުއްދަތު ހަމަވާނީ މާދަމާ އަށެވެ.
ތަފުސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ