ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް މިއަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަހު ސަރުކާރު ބަންދުނުކުރާ ގޮތަށް ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ، އަންނަ މާޗް މަހުގެ 3ވާ ހޯމަދުވަސް، ސަރުކާރު ބަންދު ނުކުރައްވާ ގޮތަށް، ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.
މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނީ ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނެވެ.
އަދި މި ޖަލްސާގައި ވަޒީރުންނާއި ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި ރިޔާސީ ބަޔާން އިއްވުމަށް އޭރުގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ވަޑައިގަތުމުން މަޖިލީހުގެ އެމްޑީޕީ މެންބަރުން އެމަނިކުފާނަށް ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުއްވި އެވެ. އަދި މަޖިލީހުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ މަޖިލީހުގެ މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. އެކަމަށް ހުރަސް އެޅުއްވީ ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވީ ބަޣާވާތަކުން ކަމަށް ތުހުމަތުކޮށްފަ އެވެ.
ރިޔާސީ ބަޔާން އިއްވަވާ ދުވަހު ސަރުކާރު ބަންދުނުވާނެ - ރައީސް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ