މިއަދު ހަވީރު ހުޅުމީދޫ ޕޮލިސް ސްޓޭޝަން ދޮށުގައި އެރަށު ބަޔަކު އެއްވެ އިހުތިޖާޖުކޮށްފި!

ހުޅުމީދޫ ޕޮލިސް ސްޓޭޝަންހުޅުމީދޫ ޕޮލިސް ސްޓޭޝަން ދޮށުގައި މިއަދު ހަވީރުގެ ވަގުތެއްގައި ބަޔަކު އިހުތިޖާޖް ކޮށްފައިވަނީ މީދޫ، ޕްރިމްރޯސް، 46 އަހަރުގެ ހުސައިން ދީދީ ފުލުހުން ހައްޔަރު ކުރުމާ ގުޅިގެންނެވެ.ދިއިސްލާމް އަށް މައުލޫމާތު ދެމުން އެ އާއިލާގެ މީހަކު ބުނެފައިވަނީ ހުސެއިންދީދީ ޕޮލިސް ސްޓޭޝަނުގައި ބަހައްޓާފައި ހުރީ ހެދުނުން ފެށިގެން ކަމަށާއި އެނާ އަށް ކާއެއްޗެއްވެސް ދީފައި ނުވާ ކަމަށެވެ.“މިއަދު ހެދުނުއް ސުރެން ބައްޕަ ހުންނެވީ އެތާ! އަދި ވެސް އެއްޗެއް ނުކައި ނުބޮއެ”ނަން ހާމަ ނުކުރަން އެދި އެހެން  މީހަކު ބުނީ ފުލުހުން ވަނީ ހުސެއިން ދީދީއަށް ވަރަށް އަނިޔާ ކޮށް ތަޅާ ހަދާފައި ކަމަށެވެ. އަދި އެކަމާ ސުވާލު ކުރުމުން ފުލުހުން ވަނީ އެކަމާ ދެކޮޅު ހަދާފައި ކަމަށެވެ.މިކަމާ ގުޅިގެން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ 46 އަހަރުގެ މީހަކު މިއަދު ހެދުނު 10:30ހާ އިރު ޕޮލިސް ސްޓޭޝަނަށް ވަދެ  ދެ ފުލުހަކަށް ވަނީ އެކި ވަރުގެ އަނިޔާ ކޮށް ފުލުހެއްގެ ފޯނުވެސް ހަލާކު ކޮށްފައި ކަމަށެވެ.“މިއަދު 10:30ހާއިރު 46 އަހަރުގެ މީހަކު ޕޮލިސް ސްޓޭޝަނަށް އައިސް ދެ ފުލުހަކަށް އެކި  ވަރުގެ އަނިޔާ ކޮށް ފުލުހެއްގެ ފޯނުވެސް  ހަލާކު ކޮށްފި، އެނާގެ މައްސަލަ އަދިވެސް ދަނީ ބަލަމުން އެހެންކަމުން އޭނަ ހުރީ އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި”މިއަދުގެ އިރާ ކޮޅުވަގުތެއްގައި މަގުމަތީގައި އެއްވެ ތިބި އެއްމެން ވަނީ މިހާރު އެ ސަރަޚައްދު ދޫކޮށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ