ރާއްޖޭގައި އިސްލާމީ ޝަރީޢަތާ އެއްގޮތަށް އިއްވާފަހުރި ހުކުމްތައް ތަންފީޒު ކުރާނަން: އުމަރު
ޖީއެމްއާރާ ދެކޮޅަށް ބޭއްވި މަހާސިންތާގައި އުމަރު ވާހަކަދައްކަނީ | ދިއިސްލާމް ފައިލް ފޮޓޯ: އަޝްވާގުޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރުއަށް ރިޔާސީ ޓިކެޓް ހޯއްދަވައި ދެއްވައިފިއްޔާ މި ޤައުމުގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް އިއްވާފައިހުރި ހުކުމްތައް ތަންފީޒު ކުރާނެކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.ރޭ ކުޅުދުއްފުށީގައި ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އުމަރުގެ ވެރިކަމެއްގައި އިސްލާމީ ޝަރީޢަތް ޤާއިމް ކުރައްވާނެ ކަމަށާއި އެކަމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އޭނާއަށް ރިޔާސީ ޓިކެޓް ލިބިލައްވައިފި ނަމަ މި ޤައުމު އަމާން ތަނަކަށް ހައްދަވައިދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.“ތިޔަބޭފުޅުން އަޅުގަނޑަށް ރިޔާސީ ޓިކެޓް ހޯއްދަވައި ދެއްވައިފިއްޔާ މި ޤައުމުގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް އިއްވާފައިހުރި ހުކުމްތައް ތަންފީޒު ކުރާނަން. އަޅުގަނޑެއް އެކަމަކަށް ފަހެއް ނުޖެހޭނަން. އަދި މި ޤައުމު އަމާން ތަނަކަށް ހަދައިދޭނަން.” އުމަރު ވިދާޅުވި އެވެ.ޖަލްސާގައި ވާހަކަދައްކަމުން އުމަރު ނަސީރު އިތުރަށް ވިދާޅުވީ އޭނާއަށް ރިޔާސީ ޓިކެޓް ލިބިލައްވައިފި ނަމަ ކުރީގެ ރައީސް ނަޝީދު ވޯޓުން ބަލިކޮށް ޖަލަށް ލާނެކަމަށެވެ. އަދި ކިތަންމެ ވަރަކަށް އެމްޑީޕީ “ތެޅުނަސް” ހެޔޮކަމަށާއި މިޤައުމު ވިއްކާ، މިޤައުމުގެ ފޭރާން ވީދާ ވޭތުވެދިޔަ 8 އަހަރު މި ޤައުމަށް ނޭވާލުމުގެ ފުރުސަތު ނުދީ ރެއާއި ދުވާލު ކުރީގެ ރައީސް ނަޝީދު މަސައްކަތް ކޮށްފައިވާތީ، ރައީސް ނަޝީދު އަށް ހައްގުވާ އަޒާބަކީ ޖަލުކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.”ޕީޕީއެމް 2013 ގެ ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެނަމަ ކެނެރީގޭ މުހައްމަދު ނަޝީދު ޖަލަށް ފޮނުވާލާނަން. މިގައުމު އެމްޑީޕީގެ ކިބައިން ސަލާމަތެއްނުވޭ. މުހައްމަދު ނަޝީދު ބަލިކުރެވޭނީ ދަގަނޑުން ދަގަނޑުކަނޑާ އުސޫލުން” އުމަރު ވިދާޅުވިއެވެ.މިޖަލްސާ ގައި ޕިޕީއެމަށް ތާއީދު ކުރާ ކުޅުދުއްފުށީގައި ތިބި މެމްބަރުންނާއި އެޕާޓިއަށް ތާއިދުކުރާ ކައިރި ރަށްރަށުންވެސް މީހުންވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ