ވިޔަފާރިގެ ދާއިރާ ގައި މަސައްކަތް ކުރާ ދިވެހި ވަކީލުން ތަމްރީން ކުރުމަށް، ރާއްޖޭގެ ލޯ ފާމެއް ކަމަށްވާ ފައްޔާޒް ހާފިޒް އެންޑް ކޯ އާއި މެލޭޝިއާގެ އެންއޭއެސްޓީ ޓްރެއިނިން އެންޑް ކޮންސަލްޓެންސީން މިއަދު އެއްބަސްވެއްޖެ އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއް ގައި ފައްޔާޒް ހާފިޒް އެންޑް ކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޕާޓްނަރު ފައްޔާޒް ސާތިރު އެވެ. އެންއޭއެސްޓީގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ މެނޭޖިން ޑައިރެކްޓަރު ތިވްޔާހް ވީލުރަޖަން އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ ވަކީލުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ތަކެއް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ތިބެގެން ހެޔޮ އަގެއްގައި ތަމްރީނުތައް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ތަމްރީން ޕްރޮގްރާމް ތަކުގެ މައުލޫމާތު ފައްޔާޒް ހާފިޒް އެންޑް ކޯގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި، ތަމްރީން ޕްރޮގްރާމް ގައި ބައިވެރިވާން ބޭނުން މީހުންނަށް ވެބްސައިޓް މެދުވެރިކޮށް ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.
އެންއޭއެސްޓީ ޓްރެއިނިން އެންޑް ކޮންސަލްޓެންސީ އަކީ ފުޅާ ދާއިރާއެއްގައި ތަމްރީން ޕްރޮގުރާމްތަކާއި ކޮންފަރެންސްތައް ހިންގަމުން އަންނަ މެލޭޝިއާގެ ނަން މަޝްހޫރު ކުންފުންޏެ ކެވެ.
ވިޔަފާރީގެ ދާއިރާގެ ވަކީލުން ތަމްރީން ކުރުމަށް އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ