މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި
މޫސުން ގޯސްވެ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.މެޓް އޮފީހުން މިއަދު ބުނެފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުގެ އެކި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ދެ ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅަށް އަދި ތ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ނެެރެފައެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިއަދުގެ 15:00 ޖެހުމާ ހަމައަށެވެ.ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.މިއަދަކީ ހުޅަނގު މޫސުމުގެ18 ވަނަ ނަކަތުގެ ފުރަތަމަ ދުވަހެވެ.މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ހިސާބުގައި ކުރާ ވިއްސާރައެއް ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިންވަނީ މަޢުލޫމާތު ދީފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އިއްޔެވެސްވަނީ ޔެލޯ އެލަރޓް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ