8 މަހަށް ފަހު ޕްރީ ސްކޫލް ދަރިވަރުން އަނބުރާ ސްކޫލަށް

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައި ވާ ޕްރީ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފައުންޑޭޝަން ދަރިވަރުންގެ ކިޔެވުން 8 މަސް ދުވަހަށް ފަހު މިއަދު އަތޮޅު ތެރޭގެ ސްކޫލުތަކުގައި ފަށާފައިވާ ކަމަށެވެ. ނަމަވެސް، މާލެ ސަރަހައްދުގައި އެ އުމުރުގެ ކުދިންނަށް އަދިވެސް ސްކޫލަށް ގެންދިއުމުގެ ހުއްދައެއް ނުދެއެވެ.
ކޮވިޑާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިން ކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.
އަލުން ސްކޫލްތައް ހުޅުވާފައި ވަނީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.
އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ ފަހުން މާލޭގެ ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށް އޮންލައިން ކޮށް ކިޔަވައިދޭން ފަށި ނަމަވެސް މި ދިޔަ މަހުގެ 4 ވަނަ ދުވަހު ވަނީ އަނެއްކާވެސް ސްކޫލުތައް ހުލުވާލާ ކިޔަވއިދޭން ފަށާފައެވެ.
ސްކޫލުތައް ހުޅުވާއިރު، ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ވަކި އަދަދެއްގެ ކުދިންނަށް ކްލާހުގައި ކިޔަވައިދިނުމާއި، ދަރިވަރުންނާއި މުވައްޒަފުން މާސްކު އެޅުމައި، ސްކޫލަށް ވަންނައިރު ސްކްރީން ކުރުން އަދި އިތުރު ހަރަކާތްތަކާއި އެސެމްބްލީތައް ނުބޭއްވުން ހިމެނެއެވެ.
ދިގު މުއްދަތަކަށް ބޭސް ކުރާ ދަރިވަރުންނާމެދު އަމަލު ކުރަނެ ގޮތުގެ އެސްއޯޕީއެއް އެކުލަވާލުމާއި، ކްލާހަށް ހާޒިރު ނުވެވޭ ކުދިންނާށް އޮންލައިން ކްލާސް ބޭއްވުން އަދި ގައި ދުރުކަމާއި ކްލާސްރޫމް ޑިސްއިންފެކްޓް ކުރުމުގެ އިތުރުން އަތް ސާފު ކުރެވޭނެ އިންތިޒާމްތައް ކްލާހުގައި ހަމަޖައްސާފައި ވެސް ހުންނަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ