މަޑިފުށި ސްކޫލް ދަރިވަރުންނަށް ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ތ. މަޑިފުށި ސްކޫލްގެ ގްރޭޑް 1 އިން 4 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ގެންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި އެ ޕްރޮގްރާމަކީ، އެ ގްރޭޑް ތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން، އެ ދަރިވަރުންގެ އުމުރާ އެކަށީގެންވާ ވަަރަށްވުރެ ބަރުދަން އިތުރުކޮށްތިބި ދަރިވަރުންގެ ބަރުދަން ލުއިކޮށް ދުޅަހެޔޮ ދަރިވަރުންތަކަކަށް ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ.
އެ ޕްރޮގްރާމްގެ ތެރެއިން، އެ ދަރިވަރުންގެ އުމުރާ އެކަށީގެންވާ ގޮތަށް ކަސްރަތުތައް ކުރިއަށް ގެންދާއިރު ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމަށް އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދެމުންގެންދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން ފުލުހުން ބުނީި މިދިޔަ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި 42 ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ.
މަޑިފުށި ފުލުހުންނާއި ރަށު ސްކޫލް އަދި އެ ރަށު ޔޫތް ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ މަޑިފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އެރަށުގެ ސްޕޯޓްސް ކައުންސިލަރެއްކަމަށް ފުލުހުން ދިންމައުލޫމާތުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ