ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާގެ އެންމެ ޚާއްޞަ ޞިފަފުޅަކީ އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ރަޙުކުރެއްވުމުގެ ޞިފަފުޅު ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓުގެ ރައީސް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވަނީ ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި މައުމޫން ފައުންޑޭޝަނުގެ ފަރާތުން ކުރިއަށް ގެންދިޔަ ޚާއްޞަ ޙަރަކާތުގައެވެ. "ވަސްމީރު ޒިކުރާގެ ޝަރަފުގައި" މި ނަމުގެ ދަށުން މައުމޫން ފައުންޑޭޝަނުން އޮންލައިކޮށް ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ޔޫޓިއުބުން ވަގުތުން ދުރަށް ދެއްކި މި ޖަލްސާގައި ރައީސް މައުމޫނުގެ އިތުރަށްވެސް ބައެއް ދީނީ ޢިލްމުވެރިން އެކި މައުޟޫޢުތަކަށް ތަޤުރީރުކުރެއްވިއެވެ. ރައީސް މައުމޫނު ފާހަގަކުރެއްވި ގޮތުގައި ކީރިތި ރަސޫލާގެ ރިސާލަތަކީ ރަޙްމަތުގެ ރިސާލަތެއްކަން އަދި އެއީ އޯގާތެރިކަމުގެ ރިސާލަތެއްކަން ކީރިތި ޤުރުއާނުން އެނގެއެވެ. އަދި އެމަނިކުފާނު ވިދާޅުވީ މުޅި އިސްލާމްދީން، އަދި އިސްލާމްދީނުގެ ޝަރީޢަތާއި ޢަޤީދާއާއި އަޚުލާޤުވެސް ބިނާވެފައި އޮންނަނީ ރަޙުމުގެ މައްޗަށް ކަމަށެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުން މާތްﷲގެ ނަބިއްޔާގެ އެންމެ މުހިއްމު ޞިފަފުޅަކީ ރަޙުމުކުރެއްވުންކަން ރައީސް މައުމޫން ވިދާޅުވެދެއްވިއެވެ. އަދި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާއަށް އީމާންވި އެންމެންވެސް އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނަށް ލޯބިކުރެއްވީ އެކަލޭގެފާނަކީ އޯގާތެރި ބޭކަލަކަށްވާތީކަން ކީރިތި ޤުރުއާނުން އެނގޭ ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫނުވަނީ ކީރިތި ރަސޫލާގެ ޙަދީސް ބަސްފުޅުތަކުގެ އަލީގައިވެސް ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާއަކީ އުންމަތަށް ފޮނުއްވުނު ރަޙުމަތެއްކަން ސާބިތުކޮށްދެއްވާފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ކީރިތި މާތް ނަބިއްޔާގެ އެންމެ ޚާއްޞަ ޞިފަފުޅަކީ ރަޙުމުކުރެއްވުމާއި އޯގާތެރިވެވަޑައިގަތުން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ