އީރާނު ހަނގުރާމައިގައި ބައިވެރިވާން ފަސްޖެހޭތީ ނޭޓޯގެ ބައިވެރިންނަކީ ”ފިނޑިން“ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
ޓްރަމްޕް އެހެން ބުނީ، އޭނާގެ ’ޓްރުތް ސޯޝަލް‘ ގައި ކުރި ޕޯސްޓެއްގަ އެވެ.
”އެމެރިކާއާ ނުލައި، ނޭޓޯއަކީ ކަރުދާސް މިނިކާވަގެއް!، ނިއުކްލިއާ ބާރުވެރިކަން ލިބިފައިވާ އީރާނެއް ހުއްޓުވުމަށް ކުރާ ހަނގުރާމައިގައި ބައިވެރިވާކަށް އެމީހުން ބޭނުމެއް ނުވި.“
ޓްރަމްޕް އިތުރަށް ބުނީ، އީރާންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަސްކަރީ ގޮތުން ކާމިޔާބުވެފައިވާ ކަމަށާއި އަދި ނޭޓޯއަށް އޮތް ނުރައްކާވެސް ވަރަށް ކުޑަވެފައިވާ ކަމަށެވެ. ނަމަވެސް ތެލުގެ އަގު ބޮޑުވުމުގެ ޝަކުވާ ނޭޓޯގެ މެންބަރުން ކުރާ ކަމަށާއި އެކަމަކު ތެލުގެ އަގު ބޮޑުވާ ހަމައެކަނި ސަބަބު ކަމުގައިވާ ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެހީތެރިވާކަށް އެ މީހުން ބޭނުންނުވާ ކަމަށްވެސް ބުންޏެވެ.
”މިއީ އަސްކަރީ ގޮތުން ބަލާއިރު ވަރަށް އާދައިގެ ކަމެއް، މިއީ އެ މީހުންނަށް ކުރަން ވަރަށް ފަސޭހަ، އަދި ނުރައްކާ ވަރަށް ކުޑަ ކަމެއް. ފިނޑިން، އަދި އަހަރެމެން މިކަން ހަނދާން ބަހައްޓާނަން!“ ޓްރަމްޕް ބުނެފައިވެ އެވެ.
އެހީވާނެ ގައުމެއް ނުވެގެން ޓްރަމްޕް ރުޅިގަދަވަނީ, ބުނީ ނޭޓޯ މެންބަރުންނަކީ ފިނޑި ބައެއް ކަަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ