ދުވާފަރު ގެއަކުން ވަގަށް ނެގި ފޯނެއް ހޯދާ ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

ރ. ދުވާފަރު ގެއަކުން ވަގަށް ނަގާފައިވާ ފޯނެއް ހޯދައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ދުވާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މި މައްސަލައާ ގުޅިގެން މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ދުވާފަރުންނެވެ.
ވަގަށް ނަގާފައިވާ ފޯނު ފެނިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކުއްޖާ ގެންގުޅުނު ކޮތަޅެއް ބަލައި ފާސްކުުމުން އެ ކޮތަޅުގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ