ނާޖާއިޒު ގޮތެއްގައި 17 މީހަކަށް ވަޒީފާދިން ކަމުގެ ކުށް މަތިދެކުނު ޕްރޮވިންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު އުމަރު ޖަމާލުގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އުމަރު ޖަމާލުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2009 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2010 ވަނަ އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޕްރޮވިންސް އޮފީހުގެ އެކި މަގާމްތަކަށް ކޮންޓްރެކްޓް އުސޫލުން 17 މީހަކަށް ވަޒީފާ ދިން ކަމަށް ބުނެއެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ މި ދައުވާއަށް އުމަރު ޖަމާލު އިންކާރުކުރުމުން، ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހާއި ކިތާބީ ހެކިތަކުން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ މިންވަރަށް އެ ދައުވާ ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ތިނަދޫގެ 1 އުމަރު ޖަމާލް މައްޗަށް ކުރި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ މިދައުވާ ސާބިތުުނުވާ ކަމަށް ހުކުމްކުރާ ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.
ނާޖާއިޒު ގޮތެއްގައި 17 މީހަކަށް ވަޒީފާ ދިން ކަމުގެ ކުށް އުމަރު ޖަމާލްގެ މައްޗަށް ސާބިތެއްނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ