މެމްބަރު އަލީ އާޒިމަށް ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
އާޒިމް ވިދާޅުވީ އޭނާއަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ކަމަށެވެ.
Maadhamaa 1200 ah Fulus ohfeehah haaziruvumah alhugadahves chiteh libihjje.
އާޒިމްގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފަ އެވެ.
ނާޒިމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ 14:30 އަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ މެމްބަރުންތަކަކަށް އެކިއެކި ތުހުމަތުތައްކޮށް، ތަހުގީގު ހިންގާ، އަދި ޝަރީއަތް ކުރަމުންދާއިރު އާޒިމް އާއި ނާޒިމްއަކީ އެ ލިސްޓަށް އިތުރުވާ މެމްބަރުންނެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ 25 ހަކަށް މެމްބަރުން ތިއްބެއްވީ އެކި ތުހުމަތުތަކާއި ތަހުގީގުތަކާއި ޝަރީއަތު ކުރިމައްޗަށްހާޒިރު ކުރެވިފަ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުން ކިތައްމެ ވަރަކަށް ބިރު ދެއްކި ނަމަވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
މެމްބަރުން އާޒިމް އާއި ނާޒިމަކީ ވެސް މަޖިލީހުގެ ޖަލްސާތަކުގަ އާއި އެކިއެކި އެއްވުންތަކުންތައި އަޑުހަރުކޮށް ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މެމްބަރުންނެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ