ޕާޓީން ވަކިވުމުން ގޮއްޑި ގެއްލޭ މައްސަލައިގެ ތެެރެއަށް މެމްބަރު އަލީ ހުސައިން ތަދައްހުލްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ، އެ މެމްބަރު ތަމްސީލު ކުރައްވާ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ތަދައްހުލްވެވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިން އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް އެޓާރނީ ޖެނަރަލް މުހައްމަދު އަނިލް ހުށަހަޅުއްވާފައިވާ މައްސަލައަށް ތަދައްހުލް ވުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
Majlis membarunnnaai gulhey gothun SCah AG husha alhaafaivaa massala ah thadhakhkhulu vumah alhugandu massala husha alhaifin.
ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ފެށި އެމައްސަލައިގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެންނެވުމުން ސުޕްރީމް ކޯޓުން އެ ފުރުސަތު އަލީ ހުސައިން އަށް ދެއްވާފައެއް ނުވެއެވެ.
އަލީ ހުސައިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި ރާއްޖޭގެ މަޝްހޫރު ގިނަ ގާނޫނީ ވަކީލުން ވެސް ވިދާޅުވަމުން ގެންދަވަނީ ބަންޑާރަ ނައިބު އަނިލް ސުޕްރީމް ކޯޓަށް އެ ހުށަހެޅުއްވި ގޮތަށް ސުޕްރީމް ކޯޓަށް ނިންމުމުގެ ބާރެއް ނޯންނާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެެއްލޭނެ ހާލަތްތައް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާން ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ހުކުމަކުން އެކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ