މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭނެ، ގޭމް ޕްލޭން ކާމިޔާބު ކުރާންނަ: މައުމޫނު

ޕީޕީއެމްގެ ބައެއް މެމްބަރުން މަޖިލިސް މެމްބަރުކަމުން ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމޮޝަނުން މުއައްސަސާތަކަށް އެންގި ނަމަވެސް އެ މެމްބަރުންގެ މެމްބަރުކަން ނުގެއްލޭނެ ކަމަށާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގޭމް ޕްލޭން ރާވާ ނިމިފައިވާ ކަމަށާއި އެ މައްސަލަ ލާމިޔާބު ކުރައްވާނެ ކަމުގައެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ އިދިކޮޅު ޕާލިމެންޓްރީ މެމްބަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މައުމޫނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫނު މިއަދު ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށް މިރޭ އިދިކޮޅު ޖޮއިންޓް ޕާލިމެންޓްރީ ބައްދަލުވުމުގައި ރައީސް މައުމޫނު ބައިވެރިވެވަޑައިގެން ބައްދަލު ވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސް މައުމޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ