ރާއްޖޭގެ އެކި ހިސާބުތަކުގައި ދިވެހިން މިޔަންމާގެ ރަޚީން ސްޓޭޓްގައި ޙާލުގައި ޖެހެމުންދާ މުސްލިމުންނާއި އެކުގައި ވާ ކަން ވާކަން ދައްކައިދީފިއެވެ.
ރާއްޖޭގެ އެކި އެކި ރަށްރަށުގައި ވަނީ މިޔަންމާގެ މުސްލިމުންނާއި އެކު ދިވެހިން ތިބިކަން ދައްކުވައިދީނުމުގެ ގޮތުން ޙައްސަ ޙަރަކާްތްތަކެއް ބާއްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި އެކި ރަށްރަށުގައި ރޮހިންޔާގެ މުސްލިމުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ހިނގާލުންތަކެއް ވަނީ ބާއްވާފައެވެ. އޭގެ ތެރޭގައި ގދ. ގައްދޫ އާއި ބ. ކަމަދޫ އާއި ގއ. ވިލިނގިއްޔާއި, ގއ. ގެމެނަފުއްޓާއި, ތ. ދިޔަމިއްޔާއި, ބ. އޭދަފުށި ފަދަ ރަށްތައް ހިމެނެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މިރަށް ތަކުގެ ތެރެއިން ގއ. ގެމަނަފުށީގައި ދަނީ ރޮހިންޔާގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އަންނައުނުއެއް އެއް ކުރަމުންނެވެ. އަދި ބ. ކަމަދޫގައިވަނީ ފަންޑު ފޮއްޓެއް ހުޅުވާފައެވެ. މިފަންޑު ފޮއްޓަށް މިހާ ތަނަށް 45,000 ރުފިޔާ ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ކަމދޫގެ އިތުރުން ގދ. ގައްދޫގައި ވެސް ވަނީ ފަންޑު ފޮއްޓެއް ބަހައްޓާފައެވެ. މިދެރަށުގެ އިތުރުން ރާއްޖޭގެ އެހެނިހެން ރަށްރަށުގައި ވެސް ވަނީ ފަންޑު ފޮށި ބަހައްޓާފައެވެ.
ރޮހިންޔާގެ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ބުނެ މިޔަންމާގެ ސަރުކާރުން ދަނީ އެމީހުންނަށް އަނިޔާ ކުރަމުންނެވެ. އެގޮތުން އެމީހުންގެ އަވަށްތައް އަންދާ ބިމާއި ހަމަކޮށް އެމީހުންގެ މުދާތައް ވަނީ ފޭރިގަނެފައެވެ. އަދި އެމީހުންގެ އަންހެން ދަރީންގެ އިއްފަތްތެރިކަން ފޭރިގަނެ އެމީހުންގެ ފިރިހެން ދަރީންނަށް ދަނީ ބަޔާން ނުކުރެވޭ ފަދަ ބޮޑެތި އަނިޔާތައް ދެމުންނެވެ. މިއަނިޔާތަކުން ރެކުމަށް ޓަކައި މިޔަންމާގެ 270,000 މީހުން މިހާރު ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖްރަ ކޮށްފައެވެ.
މިއަނިޔާވެރިކަން ހުއްޓުވުމަށް އިސްލާމީ ޤައުމުތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން ތުރުކީއާއި އިންޑޮނޭޝިޔާއާއި މެލޭޝިޔާ އިން ވެސް ދަނީ މިކަންތައްތައް ހުއްޓާލުމަށް ގޮވަމުންނެވެ. ދިވެހިރާއްޖެ އިން ވެސް ވަނީ މިޔަންމާގެ ސަރުކާރާއި އެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލައިފައެވެ.
ރޮހިންޔާގެ މުސްލިމުންނާއި އެކު ދިވެހި ރައްޔިތުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ