ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާސިމް އިބްރާހިމް ތިން އަހަރާއު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ގާސިމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިރޭ 11:00 ގައި ތާވަލު ކުރެވުނު ގާސިމްގެ ޝަރީއަތުގެ އަޑު އެހުމުގައި ގާސިމްގެ އަދި ޤާސިމްގެ ވަކީލުންގެ ވެސް ޤައިރު ހާޒިރުގައެވެ. ގާސިމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމުގެ ކުށުގައެވެ.
ގާސިމްގެ ވަކީލުން ވިދާޅުވީ ކޯޓަށް ވަޑައި ނުގެންނެވީ ޤާސިމްގެ ޤައިރު ހާޒިރުގައި ޝަރީއަތް ބާއްވާތީ ކަމަށާއި އެއީ ޤާނޫނު އަސާސީއާއި ހިލާފު ކަމެއް ކަމުގައެވެ. ގާސިމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ އާލާސް ކަންފުޅެއްގައި އައިޖީއެމްއެޗް ގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ.
ގާސިމްގެ މައްޗަށް ހުކުމްކުރި އިރު މިރޭ ބާއްވާފައިވާ އަޑު އެހުމަކީ ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް 12 މަސް ދުވަހަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.
ގާސިމްގެ ވަކީލުން ވިދާޅުވީ ހުކުމާއި ގުޅޭގޮތުން ފަހުން މައުލޫމާތު ދެއްވާނެ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ