ގުލްފިޝާމްގެ ހާއްސަ އިވެންޓެއް އަސްތަކާއެކު މާދަމާ ހަވީރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މޫލެކެޑެ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާމިނަތު ގުލްފިޝާމްގެ ހާއްސަ އިވެންޓެއް އަސްތަކާއެކު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި އިވެންޓު އޮންނާނީ މާދަމާ ހަވީރު 4:00 ގައި ހިތަދޫ އީދިގަލި ދަނޑުގައެވެ. ހަވީރު ސަޔާއެކު ބާއްވާ މި އިވެންޓުގައި އަސްތަކާއެކު ފޮޓޯ ނެގުމުގެ ފުރުސަތާއި، އަސްތައް ދުއްވާލުމުގެ ފުރުސަތު ވެސް ދިނުމަށް ވަނީ ނިންމާފައެވެ.
މިއީ ފޭދޫގެ ސަދަން ސްޓޭލިއަންސްގެ އަސްތައް ހިތަދޫގައި ބާއްވާ ހަރަކާތެއްގައި ބައިވެރިކުރާ ފުރަތަމަ ފަހަރެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު، މި އިންތިހާބުގައި ގުލްފިޝާމްގެ އިތުރުން ދެން މޫލެކެޑެ ދާއިރާ އަށް ވާދަކުރައްވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ސައީދު އާއި އަމިއްލަ ގޮތުން ވާދަކުރައްވާ އިނާޒު މުހައްމަދު ދީދީގެ އިތުރުން އެމްއާރްއެމްގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ޒާހިރު އެވެ.
އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށްވާއިރު، އިންތިހާބުގެ ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުން ހުކުރު ދުވަހުގެ ހަވީރު 6 ޖެހުމާއެކު ބަންދުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ