ވީޑިއޯ: މިރަމަޟާން މަހު ޔަމަނުގެ ސައުވީސް މިލިއަން ރައްޔިތުން ތިބީ އެހެން މީހެއްގެ އެހީއާ ނުލާ ހައިހޫނުކަން ފިލުވައިލެވެން ނެތް ޙާލުގަ!

ޔަމަނުގެ އާބާދީއަކީ 30 މިލިއަން މީހުންނެވެ. އެއިގެ ތެރެއިން މިރަމަޟާން މަހުވެސް ޔަމަނުގެ ސައުވީސް މިލިއަން ރައްޔިތުން (އާބާދީގެ 80 އިންސައްތަ) މީހުން ތިބީ އެހެން މީހެއްގެ އެހީއާ ނުލާ ހައިހޫނުކަން ފިލުވައިލެވެން ނެތް ޙާލުގައެވެ. 
ކޮންމެ ދުވަހަކު އިރުއޮއްސޭވަގުތު މިސްކިތްތަކާއި އެނޫންވެސް ކައިބޯނެ އެއްޗެއް ބަހާތަންތަނުގައި އެތައް ހާސް މީހުން ތިބެނީ ކިޔޫގައި ޖެހިގެންނެވެ. އެއީ ރޯދަ ވީއްލައިލާނެ އެއްޗަކަށް އެދިގެންނެވެ. އެމީހުން ރޯދަހިފަމުން އެދަނީ ހާރު ނުކައެވެ. ރޯދަ ވީއްލާ ގޮތަށެވެ. 
މިފަދަ ނިކަމެތި ޙާލުގައި ތިބި ޔަމަނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިންގެ އިތުބާރު ލިބިފައިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ގެންދަނީ އިސްލާމިކް ރިލީފް ވޯލްޑްވައިޑް އާއި އެކު ޙަރަކާތްތަކެއް ހިންގަމުންނެވެ. 
ޚަބަރުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ! ޔަމަނުގެ ޙަޤީޤީ ޙާލަތު އެނގިވަޑައިގަތުމުން އަސަރު ނުކުރާނެ ހިތެއް އޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް އެހީތެރިވެދެއްވާށެވެ! ޞަދަޤާތް ކުރައްވާށެވެ! މިއީ ޙާލުގައި ޖެހިފައި ތިބި ބައަކަށް ޔަޤީންކަމާއިއެކު އެހީތެރިވެވެން އޮތް ވަރަށް ފަސޭހަ މަގެކެވެ. 
ކެމްޕޭނަށް އެހީވުމުގެ ފުރުސަތު މިވަނީ މިހާރު ހުޅުވާލެވިފަ.-
ޕެކޭޖްގެ އަގަކީ 1125 ދިވެހި ރުފިޔާ
އެހެންނަމަވެސް ކޮންމެ ބޭފުޅެއްވެސް އެބޭފުޅަކަށް ވެވުނު މިންވަރަކުން ހަދިޔާކުރައްވައިގެން މި ކެމްޕޭނުގައި ބައިވެރިވެވޭނެ!.
މިއަހަރު ދުނިޔޭގެ 16 ސަރަހައްދަކަށް ތިޔަބޭފުޅުންގެ އެހީ ފޯރުކޮށްދެވިގެންދާނެ، އިންޝާﷲ.
މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ތިރީގައިވާ އެކައުންޓް ޚިޔާރުކުރައްވާ!
ބޭންކް: ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަމްބަރު: 7770000026259 (ރުފިޔާ އެކައުންޓް)
އިތުރު މަޢުލޫމާތު:
ހޮޓްލައިން : 9122121
ވައިބާ: 9122121
އަޅުގަނޑުމެންގެ ޕްރޮޖެކްޓް އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި، ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ހަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ