ތޮއްޑޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން ސްޓެވޯގެ ޖަނަރޭޓަރެއް ފޮނުވައިފި

އއ. ތޮއްޑޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ސްޓެވޯ ބްރެންޑުގެ ޖަނަރޭޓަރެއް ފޮނުވައިފިއެވެ.
އެރަށަށް ފޮނުވާފައި ވަނީ އެޓެވޯގެ އެސްޓީޑަބްލިޔު600ގެ ޖަނަރޭޓަރު ސެޓެކެވެ. އަދި މި ހަފްތާ ތެރޭގައި އެ ޖަނަރޭޓަރު ސެޓު ކޮމިޝަންކުރެވޭނެ ކަމަށާއި، މިއާއެކީ ތޮއްޑޫގެ ކަރަންޓު ކެޕޭސިޓީ 1056 ކިލޯވޮޓުން 1656 ކިލޯވޮޓަށް އިތުރުކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި މަހުގެ ކުރީކޮޅު ސްޓެލްކޯއިން ވަނީ އދ. ދިގުރަށަށްވެސް ސްޓެވޯގެ ޖަނަރޭޓަރު ފޮނުވާފައެވެ. އެރަށަށް ފޮނުވާފައި ވަނީ އެސްޓީޑަބްލިޔު 600ގެ ޖަނަރޭޓަރެކެވެ.
މިދިޔަ އަހަރުގެ އޮކްޓޮބަރު މަހުގެ ތެރޭގައި ސްޓެވޯއިން ތިން މޮޑެލްއެއްގެ ޖަނަރޭޓަރު ބާޒާރަށް ނެރެފައި ވެއެވެ. އެއީ އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އަދި އެސްޓީޑަބްލިޔު 800 އެވެ. ސްޓެވޯއިން އެސެމްބްލް ކުރާ ޖަނަރޭޓަރުތަކަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖަނަރޭޓަރާ އެއް ފެންވަރުގެ ޖަނަރޭޓާރުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ