އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ބ. އޭދަފުށީ ދާއިރާގެ ރައީސްކަން މުހައްމަދު އަބްދުﷲ (މޯޑް) ކާމިޔާބު ކުރައްވައިފި އެވެ.
ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި އޭދަފުށީ ދާއިރާގެ ރައީސްކަމަށް މުހައްމަދު އަބްދުﷲގެ އިތުރުން ތިން ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ މަބްރޫކު ނަސީރު އާއި އަބްދުﷲ ޝުޖާއު އަދި އަހްމަދު އަސްލަމް އެވެ.
އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: އޭދަފުށި ދާއިރާގެ ރައީސްކަމަށް މޯޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ